ދިވެހިu Ht r n 9 p501RO KH
ދިވެހި (މަހަލް) Divehi ވާހަކަދައްކާތަން: ދިވެހިރާއްޖެ އާއި މަލިކު، ހިންދުސްތާން ގައި ވާހަކަދައްކާ ސަރަހައްދު: ދެކުނު އޭޝިޔާ ވާހަކަދައްކާ މީހުންގެ އަދަދު: 3 ލައްކަ ދޭސީން ބަސް ނިސްބަތްވާ އާއިލާ: ހުޅަނގު - ހިންދުސްތާނީ ހިންދު - އީރާނީ ހިންދު - އާރީ ދިވެހި (މަހަލް) ލިޔުމުގެ ނިޒާމު: ތާނަ އަކުރު ރަސްމީ ހައިސިއްޔަތު ރަސްމީބަސް: ދިވެހިރާއްޖޭ ގައި ގަވައިދު އެކަށައަޅަނީ: ވަކި އިދާރާއަކުން ނޫން ބަހުގެ ކޯޑުތައް ISO_639-1 dv ISO_639-2 div ISO_639-3 div ދިވެހިބަހަކީ ދިވެހިރާއްޖޭގެ ރަސްމީ ބަހެވެ. މި ބަހުން ވާހަކަ ދައްކައި އުޅެނީ ދިވެހިރާއްޖޭގެ އަހުލުވެރިންގެ އިތުރުން ހިންދުސްތާނުގެ މަލިކު ގެ އަހުލުވެރިންނެވެ. އެބައިމީހުން ވާހަކަ ދައްކައި އުޅެނީ ދިވެހިބަހުގެ މަހަލް ބަހުރުވައެވެ. ބަހާބެހޭ މާހިރުން ދިވެހިބަސް ހިމަނުއްވައިފައިވަނީ އިންޑޯ އާރިޔަން ބަސްތަކުގެ ތެރޭގަ އެވެ. ދިވެހި ބަހުގެ މަތިކޮޅުގައި އެންމެ ކުރީޒަމާނުގައި އޮތް މައި ބަސް " ޕުރޯޓޯ- އިންޑޯ- ޔޫރަޕިއަން" ބަހުން ވާހަކަދައްކާ އުލުނު ބަޔަކު ދެބަޔަކަށް ބެހިގެން، އެއްބަޔަކު ހުޅަނގުގެ ރަށްރަށަށް...