ގައުމީ ފިލްމް އެވޯޑްK ut Ug BIiuE iਚedv CWe4HCc VXh od H ue

ގައުމީ ފިލްމް އެވޯޑް ފަރުމާކުރެވިފައި އިންނަ ގޮތް

ގައުމީ ފިލްމް އެވޯޑް އަކީ ދިވެހި ސަރުކާރުގެ ފަރާތުން ދިވެހި މުނިފޫހި ފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަންނާނުންގެ އަގުވަޒަން ކުރުމުގެ ގޮތުން ދެމުން އަންނަ އެވޯޑެކެވެ. މިހާތަނަށް ގައުމީ ފިލްމް އެވޯޑް ޖުމްލަ 5 ފަހަރު ބާއްވާފައި ވެއެވެ.


ފިހުރިސްތު

  • 1 ފިލްމް އެވޯޑްގެ ތާރީޚް
  • 2 އެވޯޑުން ރަމްޒުކޮށްދޭ މާނަތައް
    • 2.1 އެތް
    • 2.2 އިހާވައް
    • 2.3 އެތުމާ
    • 2.4 ފުޅަފި
    • 2.5 އެވޯޑް
  • 3 ގައުމީ ފިލްމް އެވޯޑް 1
  • 4 ގައުމީ ފިލްމް އެވޯޑް 2
  • 5 ގައުމީ ފިލްމް އެވޯޑް 3
    • 5.1 ފީޗަރ ފިލްމް
    • 5.2 ޑޮކިއުމެންޓްރީ
  • 6 ގައުމީ ފިލްމް އެވޯޑް 4
    • 6.1 ފީޗަރ ފިލްމް
    • 6.2 ކުރު ފިލްމް
    • 6.3 މިއުޒިކްގެ ބައި
    • 6.4 ޑޮކިއުމެންޓްރީ
  • 7 ގައުމީ ފިލްމް އެވޯޑް 5
    • 7.1 ފީޗަރ ފިލްމް
    • 7.2 ކުރު ފިލްމް
  • 8 އަދިވެސް ބައްލަވާ ލައްވާ
  • 9 އިތުރު ފާލަންތައް

ފިލްމް އެވޯޑްގެ ތާރީޚް[އުނިއިތުރު ގެންނަވާ]

ދިވެހި ފިލްމް ފެސްޓިވަލެއް ބޭއްވުމަށް ސަރުކާރުން ގަސްތުކުރުމާއި ގުޅިގެން، އެކަމަށް ބޭނުންވާ ގަވައިދު އެކުލަވާ ލެއްވުމަށްޓަކައި 30 އޮކްޓޯބަރ 1993 ދުވަހުގެ ރޭ އެމްސީއެމް އޭ ގައި ބައްދަލުވުމެއް ބޭއްވުނެވެ. މިބައްދަލުވުމަށް ދައުވަތު ދެވުނީ ފިލްމް އުފައްދާ، އަދި ފިލްމީ މަސައްކަތުގައި އެވަގުތު ހަރަކާތްތެރިވާ 22 ފަރާތަކަށެވެ. ބައްދަލުވުމަށް ހާޟިރުވީ 10 ފަރާތަކުންނެވެ. މިބައްދަލުވުމުގައި ފެސްޓިވަލެއް ބާއްވާ ވަނަވަނައަށް އަންނަ ފަރާތްތަކަށް އެވޯޑް ދިނުމަށް ފެންނަ ބައިތަކުގެ ޚިޔާލު ވެސް ދިނެވެ. އެގޮތުން ތަފާތު 22 ވަނައެއް ހޮވުމަށް ޚިޔާލު ލިބުނެވެ.


ފިލްމް ފެސްޓިވަލްގައި ދެވޭ އެވޯޑް ފަރުމާ ކޮށްފައިވަނީ މއ. މަނާގޭ ޢަބުދުﷲ ފާއިޒް އެވެ. އަދި 7 އެޕްރީލް 1994 ގައި ފުރަތަމަ ފިލްމް ފެސްޓިވަލް ބާއްވަން ބައިވެރިވުމުގެ ފުރުޞަތު އިންފޮމޭޝަން މިނިސްޓްރީ އިން ހުޅުވާލި އެވެ. އަދި ފިލްމް ފެސްޓިވަލްގައި ހޮވަން ކަނޑައެޅި 20 ވަނަ އެއް ވެސް އިއުލާން ކުރިއެވެ. ފުރަތަމަ ފިލްމް ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުޞަތު 31 އޮކްޓޯބަރ 1994 ގެ ނިޔަލަށް ހަމަވި އިރު 31 ފީޗަރ ފިލްމާއި، 11 ޑޮކިއުމެންޓްރީ ފިލްމް ބައިވެރިކޮށްފައި ވެއެވެ. ފީޗަރ ފިލްމްގައި ހިމެނޭ 12 ފިލްމެއް ކޮޕީ ފިލްމްތައް ކަމަށްވާތީ ލިސްޓުން އުނިކުރިއެވެ. އަދި އެއް ފިލްމް ބާވެ، ހަލާކުވެފައިވާ ވާތީ ވަކިކުރިއެވެ. މިފެސްޓިވަލްގައި ޓެކްނިކަލް ކަންތައްތައް ޖަޖުކުރުމަށް ސްރީލަންކާ އިން ދެޖަޖުން ގެނައެވެ.


ދެވަނަ ފިލްމް ފެސްޓިވަލް ބޭއްވުމަށް ޓަކައި 21 މާރޗް 1996 ގައި އިންފޮމޭޝަން މިނިސްޓްރީގައި ބައްދަލުވުމެއް ބޭއްވުނެވެ. މިބައްދަލުވުމުގައި ފުރަތަމަކަމަކަށް އޮތީ ފެސްޓިވަލްގެ ގަވާއިދަށް ބަދަލު ގެނައުމެވެ. އަދި ފެސްޓިވަލްގެ އެއްވެސް ވަނައެއް ދިވެއްސަކަށް ނޫނީ ނުލިބޭގޮތަށް ނިންމި އެވެ. އަދި ކޮޕީ ފިލްމް ވެސް ބައިވެރިކުރެވޭ ގޮތަށް ނިންމި އެވެ. ގައުމީ ފިލްމް އެވޯޑް 2 ގައި ތަފާތު 19 ކެޓަގަރީ އަކުން އެވޯޑް ދީފައި ވެއެވެ. ގައުމީ ފިލްމް އެވޯޑް 2 ގައި 13 ފީޗަރ ފިލްމާއި، 3 ޑޮކިއުމެންޓްރީ ފިލްމް ބައިވެރި ކޮށްފައި ވެއެވެ.


އެވޯޑުން ރަމްޒުކޮށްދޭ މާނަތައް[އުނިއިތުރު ގެންނަވާ]

ގައުމީ ފިލްމް އެވޯޑް ފަރުމާކުރެވިފައި އިންނަ ގޮތް

އެތް[އުނިއިތުރު ގެންނަވާ]

މިއެތުން ދޭހަކޮށްދޭ މާނައަކީ ދިރުމާއި ކުރިއެރުމެވެ. މަތިވަރުއައިސް މޭވާ އެޅުމެވެ. އެތެއްނުކުމެ، ފޮޅި، އޭގައިވާ ގޮބޮޅިތައް، މިރިއަށްވެ، ކިހަވައް، ކުރުނބާ، ގަބުޅި، ކާށި އަދި ކުރޮޅިއަށް ވެދާފަދައިން، ދިވެހިންގެ އުއްމީދަކީ ފިލްމީ ދާއިރާވެސް ކުރިއަރައި ތަރައްޤީވެގެން ދިއުމެވެ. ފިލްމް އިންޑަސްޓްރީ ހެދިފޯދި، އޭގެ ހަޤީޤީ ފައިދާ މުޖުތަމަޢަށާއި ދިވެހި ޤައުމަށް ލިބިގެން ދިއުމެވެ.

އިހާވައް[އުނިއިތުރު ގެންނަވާ]

އިހާވައްތަކުން ދޭހަކޮށްދެނީ އެކުވެރިކަމާއި އެއްބައިވަންތަކަމެވެ. މުޅި ފިލްމީ އިންޑަސްޓްރީއަކީވެސް އެތައްބައެއްގެ މަސައްކަތާއި، އެއްބައިވަންތަކަމާއި، އެހީތެރިކަމާއި، އެކުވެރިކަމާއި ގުޅިލާމެހިފައިވާ ދާއިރާއެއްކަމެވެ.

އެތުމާ[އުނިއިތުރު ގެންނަވާ]

މިއެތުގައިވާ އެތުމާ ތަކުން ދޭހަކޮށްދެނީ ދިވެހި ފިލްމީ ފަންނުވެރީންނެވެ.

ފުޅަފި[އުނިއިތުރު ގެންނަވާ]

މި އެތުގައިވާ ފުޅަފިން ދޭހަކޮށްދެނީ ހިމާޔަތެވެ. މިއީ ދިވެހި ފިލްމް އިންޑަސްޓްރީއާއި ފަންނުވެރީންގެ ކުރިއެރުމަށް ލިބިދޭ ހިމާޔަތް ރަމްޒުކޮށްދޭ އެއްޗެކެވެ.

އެވޯޑް[އުނިއިތުރު ގެންނަވާ]

ދިވެހިރުކުގައިވާ ކޮންމެ އެއްޗަކީވެސް ދިވެހިންގެ ޡަޤާފަތާއި ދިވެހިވަންތަކަމާއި ގުޅިލާމެހިފައިވާ މައް ދިވެހި އެއްޗެކެވެ. ދިވެހި ރުކުގެ މުސްތަޤުބަލް ބިނާވެފައިވާ އެތުން ރަމްޒުކޮށްދެނީ ދިވެހި ފިލްމީ ދާއިރާއަކީ އަމިއްލަ ވަންތަކަން ކުރިއަރުވާ ދިވެހި ޘަޤާފަތް ދަމަހައްޓާ ދާއިރާއަކަށް ވުމަށް ދިވެހިން ކުރާ ފޮނިއުއްމީދެވެ.

ގައުމީ ފިލްމް އެވޯޑް 1[އުނިއިތުރު ގެންނަވާ]

ގައުމީ ފިލްމް އެވޯޑް 1 ބާއްވާފައިވަނީ 1994 ވަނަ އަހަރު އެވެ. އެފަހަރު 31 ފިލްމަށް އިންސާފުކޮށްފައި ވެއެވެ. ފުރަތަމަ ގައުމީ ފިލްމް އެވޯޑްގައި ދެވިފައިވާ ބައެއް އެވޯޑްތައް ތިރީގައި މިވަނީ އެވެ.

  • އެންމެ މޮޅު ފިލްމް - ދެރިޔާ
  • އެންމެ މޮޅު ޑައިރެކްޓަރު - މުޙައްމަދު ނިޔާޒް ޓެޑްރީ - ދެރިޔާ
  • އެންމެ މޮޅު އެކްޓަރ : އިސްމާޢީލް ވަޖީހް - އިހްސާސް
  • އެންމެ މޮޅު އެކްޓްރެސް - ހައްވާ ޒާހިރާ - ދެރިޔާ
  • އެންމެ މޮޅު އެޑިޓިން - މުޙައްމަދު ނިޔާޒް ޓެޑްރީ - ދެރިޔާ


  • އެންމެ މޮޅު ސެޓިންގ - މުޙައްމަދު ނިޔާޒް ޓެޑްރީ އަދި އަބްދުލް މުޙައިމިން - ދެރިޔާ
  • އެންމެ ސިނަމަޓޮގްރަފީ - މުހަންމަދު މަނިކު އަދި ހަސަން ހަލީމް ކޮކޯ - ދެރިޔާ
  • އެންމެ ބެކްގްރައުންޑް މިޔުޒިކް - އަހުމަދު އައްފާލު އަދި އަހުމަދު އާމިރު - ދެރިޔާ
  • ފެސްޓިވަލްގެ ފަނޑިޔާރުން ދެއްވި ޚާއްސަ ކްރިޓީކް އެވޯޑް- ފާތިމަތު ރަޝްފާ - ދެރިޔާ
  • އެންމެ މޮޅު މޭކަޕް : ( ސްޕެޝަލް މޭކަޕް ) - މުޙައްމަދު ޙިލްމީ - އިހްސާސް

ގައުމީ ފިލްމް އެވޯޑް 2[އުނިއިތުރު ގެންނަވާ]

ގައުމީ ފިލްމް އެވޯޑް 2 ބާއްވާފައިވަނީ 1996 ވަނަ އަހަރު އެވެ. ގައުމީ ފިލްމް އެވޯޑް 2 ގައި ތަފާތު 19 ކެޓަގަރީ އަކުން އެވޯޑް ދީފައި ވެއެވެ. ގައުމީ ފިލްމް އެވޯޑް 2 ގައި 13 ފީޗަރ ފިލްމާއި، 3 ޑޮކިއުމެންޓްރީ ފިލްމް ބައިވެރި ކޮށްފައި ވެއެވެ. ފުރަތަމަ ފަހަރަށް ކޮޕީ ފިލްމަށް ވެސް އިންސާފު ކުރެވުނީ މިފިލްމް އެވޯޑް ގައެވެ.

  • އެންމެ މޮޅު އެކްޓްރެސް : މަރިޔަމް ނިޝާ - ޙައްގު
  • އެންމެ މޮޅު އެކްޓަރ : ރީކޯ މޫސާ މަނިކު - ހައްގު
  • އެންމެ ފިލްމް: ހައްގު
  • އެންމެ މޮޅު މޭކަޕް - އައިޝަތު އަލިމަނިކު - އެދުވަސް ހިނގައްޖެ

ގައުމީ ފިލްމް އެވޯޑް 3[އުނިއިތުރު ގެންނަވާ]

ގައުމީ ފިލްމް އެވޯޑް 3ގެ އެންމެ މޮޅު ފިލްމް އަމާނާތް

ގައުމީ ފިލްމް އެވޯޑް 3 ބާއްވާފައި ވަނީ 2007 ވަނަ އަހަރު މާރޗް މަހުގެ ކުރީކޮޅު ގައެވެ. ގައުމީ ފިލްމް އެވޯޑް 3 ގައި ބައިވެރިކޮށްފައިވަނީ 1997 ން ފެށިގެން 2002 ގެ ނިޔަލަށް ނިކުމެފައިވާ ފިލްމް ތަކެވެ. ގައުމީ ފިލްމް އެވޯޑް 3 ގެ ބައެއް އެވޯޑް ލިބުނު ފަރާތްތައް ތިރީގައި މިވަނީ އެވެ.

ފީޗަރ ފިލްމް[އުނިއިތުރު ގެންނަވާ]

  • އެންމެ މޮޅު އެކްޓަރ : ޢަލީ ސީޒަން - ހިތް އެދެނީ
  • އެންމެ މޮޅު އެކްޓްރެސް: ޖަމްޝީދާ އަހުމަދު - އަމާނާތް
  • އެންމެ މޮޅު ސަޕޯޓިންގ އެކްޓަރ : ޢަބުދުއް ސައްތާރު - އަމާނާތް
  • އެންމެ މޮޅު ސަޕޯޓިން އެކްޓްރެސް: އާރިފާ އިބްރާހީމް - އަތްބެއްގެ ލޯބި ފިރިއެއްގެ ވާޖިބު


  • އެންމެ މޮޅު ޑައިރެކްޓަރ : މަހުދީ އަހުމަދު - އަމާނާތް
  • އެންމެ މޮޅު ފިލްމް : އަމާނާތް
  • އެންމެ މޮޅި އެޑިޓިންގ - މުޙައްމަދު ނިޔާޒް ޓެޑްރީ - އަމާނާތް


  • އެންމެ މޮޅު މޭކަޕް - މަހުދީ އަހުމަދު/މުޙައްމަދު ނިޔާޒް ޓެޑްރީ - އަމާނާތް
  • އެންމެ މޮޅު ސައުންޑް އިފެކްޓް - މުހައްމަދު އިކްރާމް/މުޙައްމަދު ނިޔާޒްޓެޑްރީ - އަމާނާތް
  • އެންމެ މޮޅު އެޑަޕްޓެޑް ސްކްރީން ޕްލޭ - މަހުދީ އަހުމަދު/މުޙައްމަދު ނިޔާޒްޓެޑްރީ - އަމާނާތް
  • އެންމެ މޮޅު ޑައިލޮގް - މަހުދީ އަހުމަދު/މުޙައްމަދު ނިޔާޒްޓެޑްރީ - އަމާނާތް
ތިންވަނަ ފިލްމު އެވޯޑްގެ ރަސްމިއްޔާތަށްފަހު
  • އެންމެ މޮޅު ސިނަމަޓޮގްރަފީ - ކޮކޯ ޙަލީމް/މުހައްމަދު މަނިކް - އަމާނާތް
  • އެންމެ މޮޅު ބެކް މިއުޒިކް - މުހައްމަދު އިކްރާމް - އަމާނާތް
  • އެންމެ މޮޅު އަންހެން ލަވަކިޔުންތެރިޔާ - ފަޒީލާ ޢާމރު/މިހިތާ ލޯބިދޭނަން - އަމާނާތް

ޑޮކިއުމެންޓްރީ[އުނިއިތުރު ގެންނަވާ]

  • އެންމެ މޮޅު ޑޮކިއުމެންޓްރީ - ކޮކޯޕާމް އެންޑް ސްޕާ- އިޓާނަލް ޕިކްޗާރސް
  • އެންމެ މޮޅު ޑައިރެކްޓަރ - ޑޮކިއުމެންޓްރީ - މުޙައްމަދު ނިޔާޒް ޓެޑްރީ - ކޮކޯޕާމް އެންޑް ސްޕާ- އިޓާނަލް ޕިކްޗާރސް
  • އެންމެ މޮޅު އެޑިޓިންގ - ޑޮކިއުމެންޓްރީ - މުޙައްމަދު ނިޔާޒް ޓެޑްރީ - ވެލިގަނޑު ރިސޯޓް - އިޓާނަލް ޕިކްޗާރސް
  • އެންމެ މޮޅު ކެމެރާ - މުހަންމަދު މަނިކު - ޅޮހިފުށި އައިލެންޑް ރިސޯޓް - އިޓާނަލް ޕިކްޗާރސް

ގައުމީ ފިލްމް އެވޯޑް 4[އުނިއިތުރު ގެންނަވާ]

ގައުމީ ފިލްމް އެވޯޑް 4 ގައި ބައިވެރިކޮށްފައިވަނީ 2003-2005 އާއި ދެމެދުގައި ނިކުމެފައިވާ ފިލްމް ތަކެވެ. ޤައުމީ ފިލްމް އެވޯޑް 4ގެ އެވޯޑްސް ނައިޓް ބާއްވާފައިވަނީ 2007 ވަނަ އަހަރު ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ރޭގައެވެ. މިހަފްލާގައި ދެވިފައިވާ އެވޯޑް ތައް ތިރީގައި މިވަނީ އެވެ.

ފީޗަރ ފިލްމް[އުނިއިތުރު ގެންނަވާ]

  • އެންމެ މޮޅު ފިލްމް : ވެހޭ ވާރޭ ތެރެއިން
  • އެންމެ މޮޅު ޑައިރެކްޓަރ : އަބުދުލް ފައްތާހު - ވެހޭ ވާރޭ ތެރެއިން
  • އެންމެ މޮޅު އެކްޓަރ : ޔޫސުފު ޝަފީޢު - ވެހޭ ވާރޭ ތެރެއިން
  • އެންމެ މޮޅު އެކްޓްރެސް : ނިއުމާ މުހައްމަދު - ކަލާޔާ ނުލާ


  • އެންމެ މޮޅު އާޓް ޑައިރެކްޝަން: ޢަބުދުލް ފައްތާހު - ވެހޭ ވާރޭ ތެރެއިން
  • އެންމެ މޮޅު އޮރިޖިނަލް ސްކްރީން ޕްލޭ : ޢަބުދުލް ފައްތާހު - ވެހޭ ވާރޭ ތެރެއިން
  • އެންމެ މޮޅު މޭކަޕް:އަބުދުލް ފައްތާހު - ވެހޭ ވާރޭ ތެރެއިން
  • އެންމެ މޮޅު ސައުންޑް: މުޙައްމަދު އަމްސަދު - އެދަތުރު


  • އެންމެ މޮޅު ސަޕޯޓިންގ އެކްޓަރ : ޢަލީ ސީޒަން - ޒުލޭޚާ
  • އެންމެ މޮޅު ސަޕޯޓިންގ އެކްޓްރެސް : ޝީލާ ނަޖީބު - ޒުލޭޚާ
  • އެންމެ މޮޅު ވާހަކަ: ޒުލޭޚާ - ފާތިމަތު ނަހުލާ
  • އެންމެ މޮޅު ކުޑަ ކުއްޖާ: މަރިޔަމް އީނާޒް - ޒުލޭޚާ
  • އެންމެ މޮޅު ކޮރިއޮގްރަފީ : ސުނީތާ / ރަވީ - ޒުލޭޚާ
  • އެންމެ މޮޅު ކޮސްޓިއުމްސް : ޖާދުﷲ / ލައިލާ - ޒުލޭޚާ
  • އެންމެ މޮޅު ސްކޯރ : އައްޔުމަން ޝަރީފް - އެދަތުރު
  • އެންމެ މޮޅު ސިނަމަޓަގްރަފީ : އިބްރާހިމް މޫސާ ( ދަބަ ) / ހަސަން ހަލީމް - އޭނާ
  • އެންމެ މޮޅު އެޑިޓިންގ : ސަދާ އަހުމަދު - ކަލާޔާ ނުލާ


ކުރު ފިލްމް[އުނިއިތުރު ގެންނަވާ]

  • އެންމެ މޮޅު އެކްޓަރ : އަހުމަދު ޝާޒް - ފަޅިސިކުންތު 1
  • އެންމެ މޮޅު ޑައިރެކްޓަރ : ރަވީ ފާރޫގު - ފަޅި ސިކުންތު 2
  • އެންމެ މޮޅު ކުރު ފިލްމް : ފަޅި ސިކުންތު

މިއުޒިކްގެ ބައި[އުނިއިތުރު ގެންނަވާ]

  • އެންމެ މޮޅު އަންހެން ލަވަކިޔުންތެރިޔާ : އެދިއެދި ހޯދީމޭ - ޝިފާ ތައުފީގް
  • އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިޔާ : އެދިއެދިހޯދީމޭ - ޢަބުދުލް ހައްނާނު
  • އެންމެ މޮޅު ލިރިކްސް : ކޮޕީ މުހައްމަދު ރަޝީދު- އޮއްސިފައިވާއިރު - އެދިއެދިހޯދީމޭ
  • އެންމެ މޮޅު އަމިއްލަ ރާގު: މުހައްމަދު އިކްރާމް - ދަރިންނަށްޓަކައި

ޑޮކިއުމެންޓްރީ[އުނިއިތުރު ގެންނަވާ]

އެންމެ މޮޅު ނެރޭޓިވް ޑޮކިއުމެންޓްރީ : ކްއެސްޓް ފޮރ ބެޓަރ ލައިފް - ޓިވީއެމް

ގައުމީ ފިލްމް އެވޯޑް 5[އުނިއިތުރު ގެންނަވާ]

ފައިލު:Wallpaper2-large.jpg
ގައުމީ ފިލްމް އެވޯޑް 5ގެ އެންމެ މޮޅު ފިލްމް ވާލޯބި އެނގޭނަމަ

ގައުމީ ފިލްމް އެވޯޑް 5 ބާއްވާފައިވަނީ 12 އެޕްރީލް 2008 ވީ ހޮނިހިރު ދުވަހުގެ ރޭ އަލިމަސް ކާނިވަލުގައެވެ.ޤައުމީ ފިލްމް އެވޯޑް 5 އަމާޒު ކޮށްފައިވަނީ 2006-2007 ވަނަ އަހަރު ނިކުމެފައިވާ ފިލްމް ތަކަށެވެ. އެހެންކަމުން މިއެވޯޑްގައި ބައިވެރިކޮށްފައިވަނީ ހަމައެކަނި އެދެއަހަރުގެ ފިލްމް ތަކެވެ. ޤައުމީ ފިލްމް އެވޯޑް 5 ގައި ބައިވެރިކޮށްފައި ވަނީ 7 ފީޗަރ ފިލްމާއި، 25 ކުރު ފިލްމެވެ. ޑޮކިއުމެންޓްރީ ފިލްމްގެ ބައިގައި މިފަހަރު އެއްވެސް ފިލްމެއް ހުށަހަޅާފައެއްނުވެއެވެ. ޤައުމީ ފިލްމް އެވޯޑް 5 ގައި 26 އެވޯޑު ދިނެވެ. އެވޯޑު އާއި އެކު ޖުމްލަ 290,000 ރުފިޔާ ފައިސާގެ އިނާމު ދީފައިވެއެވެ.. މީގެ އިތުރުން ރައީސުލް ޖުމްހޫރިއްޔާގެ ދެ ކަނބަލުން ދެއްވާ ހަނދާނީ ޓްރޮފީއާއި އިނާމް އެންމެ މޮޅު ފިލްމަށް ވަނީ ހަވާލުކުރެވިފައެވެ. ޤައުމީ ފިލްމް އެވޯޑް 5 ގެ އެވޯޑް ލިބުނު ފަރާތްތައް ތިރީގައި މިވަނީ އެވެ.

ފީޗަރ ފިލްމް[އުނިއިތުރު ގެންނަވާ]

  • އެންމެ މޮޅު އެކްޓަރ : ޔޫސުފް ޝަފީޢު - ވާލޯބި އެނގޭ ނަމަ
  • އެންމެ މޮޅު އެކްޓްރެސް : މަރިޔަމް އަފީފާ - ވާލޯބި އެނގޭ ނަމަ
  • އެންމެ މޮޅު ސަޕޯޓިންގ އެކްޓަރ : އިސްމާއިލް ރަޝީދު - ހޭލާ
  • އެންމެ މޮޅު ސަޕޯޓިންގ އެކްޓްރެސް : ފާތިމަތު ފަރީލާ - ވާލޯބި އެނގޭ ނަމަ
  • އެންމެ މޮޅު ޗައިލްޑް އާޓިސްޓް: އަހުމަދު މައުރޫފު - ހޭލާ
  • އެންމެ މޮޅު ވާހަކަ: މޫމިން ފުއާދު - ހޭލާ


  • އެންމެ މޮޅު އޮރިޖިނަލް ސްކްރީންޕްލޭ: މަހުދީ އަހުމަދު - ވާލޯބި އެނގޭ ނަމަ
  • އެންމެ މޮޅު ސިނެމަޓޮގްރަފީ : މޫމިން ފުއާދު / އަލީ ޝިފާއު - ހޭލާ
  • އެންމެ މޮޅު އެޑިޓިންގ : އަލީ މުސްތަފާ - ވާލޯބި އެނގޭ ނަމަ
  • އެންމެ މޮޅު ސްކޯރ : އިބްރާހިމް ނިފާރު - ވާލޯބި އެނގޭ ނަމަ
  • އެންމެ މޮޅު އޯޑިއޮގްރަފީ: މަހުދީ އަހުމަދު / އަލީ މުސްތަފާ - ވާލޯބި އެނގޭ ނަމަ
  • އެންމެ މޮޅު ވިޝުއަލް އިފެކްޓްސް : އަހުމަދު ޝިޔާމް / ހާމިދު އިބްރާހިމް / ހަސަން އާދަމް - ހުކުރު ވިލޭރޭ
  • އެންމެ މޮޅު މޭކަޕް : ހަސަން އާދަމް / ފާތިމަތު ފަރީލާ - ހުކުރު ވިލޭރޭ
  • އެންމެ މޮޅު ކޮސްޓިއުމް ޑިޒައިން : ނާޒިޔާ އިސްމާއިލް - ވާލޯބި އެނގޭ ނަމަ
  • އެންމެ މޮޅު އާޓް ޑައިރެކްޝަން: މޫމިން ފުއާދު / އަލީ ޝިފާއު - ހޭލާ
  • އެންމެ މޮޅު ޑައިރެކްޓަރ : އަޙުމަދު ނިމާލް - ވާލޯބި އެނގޭ ނަމަ
  • އެންމެ މޮޅު ކޮރިއޮގްރަފީ : "އަންނާށޭ" ފާތިމަތު ފަރީލާ - ވާލޯބި އެނގޭ ނަމަ


  • އެންމެ މޮޅު އަންހެން ލަވަ ކިޔުންތެރިޔާ : މަގޭ ލޯބިވާއޭ / ފާތިމަތު ޒޫނާ - ހިތުގެ އެދުން
  • އެންމެ މޮޅު ފިރިހެން ލަވަ ކިޔުންތެރިޔާ : ސިކާޔަތެކޭ / ހުސޭން އަލީ - ހިޔަނި
  • އެންމެ މޮޅު އަމިއްލަ ރާގު : ވާލޯބި އެގޭނަމަ / އިބްރާހިމް ނިފާރު - ވާލޯބި އެނގޭ ނަމަ
  • އެންމެ މޮޅު ލިރިކްސް : ވޭނީ އުދާސް / އަހުމަދު ނާޝިދު - ހިތުގެ އެދުން
  • އެންމެ މޮޅު ފިލްމް : ވާލޯބި އެނގޭ ނަމަ

ކުރު ފިލްމް[އުނިއިތުރު ގެންނަވާ]

  • އެންމެ މޮޅު އެކްޓަރ : ޢަލީ ރިޔާޒު - ވަސްވާސް 2
  • އެންމެ މޮޅު އެކްޓްރެސް : ނިއުމާ މުޙައްމަދު - ފަހު ސަފްހާ
  • އެންމެ މޮޅު ޑައިރެކްޓަރ : ޔޫސުފް ޝަފީއު - އެދޮންވެލި ތުނޑި 1
  • އެންމެ މޮޅު ފިލްމް : އެދޮންވެލި ތުނޑި 1

އަދިވެސް ބައްލަވާ ލައްވާ[އުނިއިތުރު ގެންނަވާ]

  • މިއަދު ކްރިސްޓަލް އެވޯޑް
  • ދިވެހި ފިލްމް އިންޑަސްޓްރީ

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]

  • ގައުމީ ފިލްމް އެވޯޑް ރަސްމީ ވެބްސައިޓް
  • ދިވެހި ފިލްމީ އުދަރެސް
  • ފިލްމީ ތަރި ޢަލީ ސީޒަންގެ ރަސްމީ ވެބްސައިޓް

Popular posts from this blog

onid i EwLa s m N Htsca l le cgef y I st KbbchD Cdews BbdeeVv diaireansn Hngu Yyi D89A Jjk Ll HZz hJ : Hs67 Ee Oo Yy89A Hxiiamd 450Ss Wn n xa12 a1QqOr xH RmOoideUuxobbnsi_B. TWzes co0Eer2 Mm l R 06 Re XOliL.ikkibPrOr0pascoj iib0Sua F Mm9Ar TmAaGostt Ud Faep:n sie w Zz D Ne

Catedral de San Pablo de Londresmondiaon ecueco